Tourist swimming with whale shark, photo: Trip Advisor

ފެހުރިހީގެ ދުވަސް ފާހަގަކުރުމަށް އެމްއެންޔޫއިން އާންމުންނަށް ހުޅުވައިލައިގެން މައުލޫމާތުދިނުމުގެ ސެޝަނެއް ބާއްވަނީ

ބައިނަލްއަގްވާމީ ފެހުރިހީގެ ދުވަސް ފާހަގަކުރުމަށް ގައުމީ ޔުނިވާސިޓީ، އެމްއެންޔޫއިން ފެހުރިއްސާ ގުޅޭ މައުލޫމާތު ހިއްސާކުރާ ޕަބްލިކް ލެކްޗާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ލެކްޗާ ބާއްވަނީ އެމްއެންޔޫ، ޓޫރިޒަމް މިނިސްޓްރީ އަދި ފެހުރިއްސާގުޅޭ ދިރާސާތައްކުރާ ޖަމިއްޔާއެއްކަމަށްވާ މޯލްޑިވްސް ވޭލްޝާކް ރިސާޗް ޕްރޮގްރާމް ގުޅިގެންނެވެ. މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މި ލެކްޗާ ބާއްވަނީ މާދަމާ ހަވީރު 04:00އިން ފެށިގެން 05:00އަށް މާލޭގައި ހުންނަ ސީއެޗްއެސްއީގެ ހޯލްގައި ކަމަށެވެ.

މި ލެކްޗާގެ މައުލޫއަކީ "ވޭލް ޝާކްސް އިން ފޯކަސް، އައިކަންސް އިން މެރިން ކޮންޒަވޭޝަން"އެވެ. މި ލެކްޗާގައި ދުނިޔޭގެ އެންމެ ބޮޑު މަސްކަމަށްވާ ފެހުރިއްސާ ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ފެހުރިހި ހިމާޔަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވައިލާނެއެވެ.

https://x.com/MoTmv/status/1962029930679558341

މި ލެކްޗާގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ޖެހޭއިރު، ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ. ރަޖިސްޓްރީ ވެވޭނީ އޮންލައިން ލިންކެއް މެދުވެރިކޮށެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކުން ގިނަ އަދަދަކަށް ފެހުރިހި ފެނެއެވެ. ފެހުރިހި ބަލަން ޑައިވްކުރުމަކީ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު ކަމެކެވެ.

ފުނިޔޭގެ ފެހުރިހީގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮގަސްޓް30ވަނަ ދުވަހެވެ.

 

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!