ވޭޕްއާއި އީސިގިނރޭޓުގެ މައްސަލަތަކުގައި މިދިޔަ މަހު30 މީހަކަށް ފިޔަވަޅުއަޅާފައިވާއިރު، މިފަދަ މައްސަލަތަކުގައި މިދިޔަ މަހު ކުރި ޖޫރިމަނާ 150،000 ރުފިޔާއަށް އަރާކަމަށް ފުލުހުން ބުނެފިއެވެ
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭޕާއި އީސިނގިރޭޓާ ގުޅުންހުރި11 މައްސަލައެއް މިދިޔަ މަހު ވަނީ ފާހަގަވެފައެވެ. އޭގެތެރޭގައި ހިމެނެނީ ވޭޕާއި އީސިނގިރޭޓު ގެންގުޅުމުގެ ހަތަރު މައްސަލަ އަދި ބޭނުންކުރުމުގެ ހަތަރު މައްސަލައާއި މިކަމާ ގުޅުންހުރި އެހެނިހެން ތިން މައްސަލައެކެވެ.
https://x.com/PoliceMv/status/1962453804470648854
މި މައްސަލަތަކުގައި30 މީހަކާމެދު ފިޔަވަޅު އަޅައިފައިވެއެވެ. އެއީ ވޭޕް ބޭނުންކުރި މައްސަލައިގައި 14 މީހުން އަދި ގެންގުޅުނު މައްސަލައިގައި ފިޔަވަޅު އެޅި 16 މީހުންނެވެ. ކޮށްފައިވާ ޖޫރިމަނާގެ ޖުމުލަ އަދަދަކީ150،000 ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ:
- ވޭޕް ބޭނުން ކުރުމުން ކޮށްފަިއވާ ޖޫރިމަނާ: 85،000 ރުފިޔާ
- އެހެނިހެން: 65،000 ރުފިޔާގެ ޖޫރިމަނާ
ފުލުހުން ވަނީ ވޭޕާ އީސިނގިރޭޓާ ގުޅިގެން ހަދާފައިވާ ގަވާއިދުތަކަށް އަހުލުވެރިވުމަށާއި ސިއްހަތަށް ރައްކާތެރިވުމަށް އިރުޝާދު ދީފައެވެ.
ޒުވާނުންނާއި ކުޑަކުދިންގެ ތެރޭގައި ވޭޕް ބޭނުންކުރުން އިތުރުވުމުގެ ސަބަބުން، ވޭފްއާއި އީސިނގިރޭޓު ރާއްޖޭގައި ގެންގުޅުމާއި ބޭނުންކުރުން މަނާކުރީ މިދިޔަ ޑިސެމްބަރު މަހުގެ15ވަނަ ދުވަހުއެވެ.
މިއާއެކު ވޭފް ބޭނުންކުރާ ކޮންމެ މީހަކު5،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އަދި ވޭޕް ވިއްކައިފިނަމަ20،000 ރުފިޔާގެ ޖޫރިމަނާއެއްކޮށް ވިއްކާ ކޮންމެ ވޭޕަކަށް10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ.