މަސްވެރިކަމާއި ގުޅޭ

ބޯޅަޖެހިފާނަ - ފޮޓޯ: އެންޓީޖީ

ބޯޅަޖެހިފާނަ

މިއީ ހިމަހަށިގަނޑެއް ލިބިފައިވާ ފާނައެކެވެ.

ރާއްޖޭގެ ފަރުފަަޅުތަކުގެ މުރަކަތަކުގެ ނިވަލުގައި 80 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭމަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 52 ސެންޓިމީޓަރަށެވެ. މިއީ ދިވެހިންކުރާ ކެޔޮޅުކަމުގައި ދުވާލުބޭނޭ މަހެކެވެ. އަދި ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެކެވެ. މަހުގެ ބޮލުގެ ދިގުމިން މަހުގެ ފުޅާމިނަށްވުރެ ބޮޑެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ވަށްކޮށެވެ. ނިގޫފަތުގެ ކޮޅު ހުންނަނީވެސް ވަށްކޮށެވެ. މަހުގެ ކާނާއަކީ ކުދިމަހާއި ކަކުނިފާޑުގެ ސޫތްޕެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 14 އާއި 16 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ މަޑުމުށިކުލައެވެ. މިއީ ކުލަވަރު ވަރަށްފަސޭހައިން ބަދަލުކޮށްލާ މަހެއްކަމުން މަހުގައި ހުންނަ ރަތްކުލައަށްދާ ލައްތަކާއި މިލައްތަކުގެ ދޭތެރޭގައި ހުދުކޮށް ހުންނަ ރޮނގުތައް އެކިމަހުގައި ހުންނަނީ އެކި ވަރަށެވެ. މަހުގައި ހުންނަ ތިކިތައް މަހުގެ ބޮލާއި ތުންކޮޅާއި، އެހެނިހެން ހިސާބުތަކުގައި ހުންނަ ތިކިތަކަށްވުރެ ގިނައިން ގާތްކޮށް ހުރެއެވެ. މަހުގެ މަތީ ކޮތަރިބައިގެ ބުޑުދަށުގައްޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގެ ދަށުގައިވެސް ކުދިތިކިތަކެއް ހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Slender grouper

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!