ރަޝިޔާގެ އިރު އުތުރުގެ އައްސޭރީގައި އޮންނަ ކަމްޗަޓްކާ ކައިރިއަށްއައި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ ރަޝިޔާގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ރިކްޓަރ މިންގަނޑުން 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރާއްޖޭގެ ގަނޑިން ހެނދުނު 7:37 ގައިކަމަށެވެ. އަދި މި ބިންހެލުން އައީ ރާއްޖޭގެ ވެރިރަށް މާލެ އާއި 9421 ކިލޯ މީޓަރު ދުރުން ކަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަކަށް ނުކުރާނެކަމަށެވެ.