މަސްވެރިކަމާއި ގުޅޭ

މ.އަތޮޅު ބޭރުގައި އޮތް އޮއިވާލިން މަސްބާނަނީ /ފޮޓޯ: މަޑަވެލީ މަސްވެރިން
މ.އަތޮޅު ބޭރުގައި އޮތް އޮއިވާލިން މަސްބާނަނީ /ފޮޓޯ: މަޑަވެލީ މަސްވެރިން

މ. އަތޮޅު ބޭރުގައި ބޮޑު އޮއިވާއްޔެއް!!

މ. އަތޮޅުން މިއަދު މަސް ބާނަމުންދަނީ އޮއިވާއްޔަކުން ކަމަށް މަސްވެރިން ބުނެފިއެވެ.

އޮއިވާލި އޮތް ސަރަހައްދުގައި ފަންސާހަކަށް ދޯނި ހަރަކާތްތެރިވަމުންދާއިރު ކޮންމެ ދޯންޏަކުން  10 ޓަނާއި 5 ޓަނާ ދެމެދުގެ އަދަދަކަށް މަސް ބާނާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެސަރަހައްދުގައި މަސްބޭނުމުގައި ހަރަކާތްތެރިވާ ގދ. މަޑަވެލީ "ސީ ވޯލްޑް" ދޯނިން ބުނީ އިއްޔައެކޭ އެއްގޮތަށް މިއަދުވެސް އެ ސަރަހައްދުގައި މަސްވެރިކަން ވަރަށް ރަނގަޅުކަމަށެވެ. އަދި އިއްޔެއާ ޚިލާފަށް ދޯނިފަހަރު މިއަދު ވަރަށް ގިނަކަމަށާއި އޮއިވާލިއޮތް ސަރަހައްދަށް ދިޔަ ކޮންމެ ދޯންޏަކުންވެސް މަސް ބޭނިކަމަށް "ސީ ވޯލްޑް" ދޯނިން ބުނެއެވެ.

މިއަދު އެންމެ ފުރަތަމަ އޮއިވާއްޔަށްް އެރި ދޯނިތަކުގެ ތެރޭގައި ގދ. މަޑަވެލީ "ކަމަނަ" ހިމެނެއެވެ. އެ ދޯނި 10 ޓަނަށް ވުރެ ގިނައިން މަސް ބޭނިކަމަށް މަޢުލޫމާތު ލިބެއެވެ.

މ.އަތޮޅު ބޭރުގައި އޮތް އޮއިވާލިން މަސް ބާނަނީ / ފޮޓޯ: މަޑަވެލީ މަސްވެރިން

މެދުރާއްޖެތެރޭގައި ހިމެނޭ މ. އަތޮޅަށް މަސްވެރިކަން ރަނގަޅުވެފައިވާއިރު މިފްކޯގެ މަސްކިރާ ބޯޓެއް މ. މުލަކު ބޭރުގައި މަސް ގަންނަމުން އެބަދެއެވެ. މި ބޯޓަކީ 45 ޓަނު މަހުގެ ޖާގައިގެ ބޯޓެކެވެ. މީގެއިތުރުން ދ. ކުޑަހުވަދޫ ބޭރުގައިވެސް މިފްކޯގެ ބޯޓެއް އެބައޮތެވެ. މި ބޯޓަށް 19 ޓަނު މަސް ނެގޭނެކަމަށް މިފްކޯއިން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!