އެމްޑީޕީން ރޭ ކުރިއަށް ގެންދިޔައީ ނިބުރުވެރި ހަތަކާތެއް: ނައިބު ރައީސް

އެމްޑީޕީން ކުރިއަށްގެންދިޔަ  އެއްވުމުގެ ތެރެއިން  -- ފޮޓޯ/ ދައުރު, އަނޫފް ޖުނައިދު
އެމްޑީޕީން ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން -- ފޮޓޯ/ ދައުރު, އަނޫފް ޖުނައިދު

އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ އެއްވުމަކީ ގާނޫނީ ވެރިކަމާ ދެކޮޅަށް ހިންގި ނިބުރުވެރި ހަރަކާތެއް ކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީން ރޭ ބޭއްވި އެއްވުނަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރާވައިގެން ހިންގި ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ސިފަކުރައވާކަމަށް އެ މަނިކުފާނު ލިޔުއްވާފައި ވެއެވެ.

"އަދި އެތައް ރައްޔިތުނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑަޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސް ލިޔުއްވާފައި ވެއެވެ.

އެމަނިކުފާ ލިޔުއްވާފައި ވަނީ މިއީ އެމްޑީޕީއިން ވަކާލާތުކުރާ އަސާސްތައް ނެގެހެއްޓުމުގައި އެޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި މި ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރޭ އެމްޑީޕީން "ލޫޓުވައިފި"ގެ ނަމުގައި އެއްވުން ފެށީ ގާތްގަނޑަށް ނުވައެއް ޖެހިއިރެވެ. މި އެއްވުމުގައި އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން ވާހަކަ ދެއްކެވިއެވެ.

އެބޭފުޅުން ވާހަކަ ދެއްކެވުމަށްފަހު، އެއްވުމުގެ ބައިވެރިން ސުލްހަވެރި ހިނގާލުމަކަށް މިސްރާބު ޖެހީ މަޖީދީ މަގަށެވެ. ނަމަވެސް، މަޖީދީ މަގަށް ވަނުމަށް ފުލުހުން ހުރަސްއެޅިއެވެ. އެއާއެކު ފުލުހުންނާއި އެއްވުމުގެ ބައިވެރިންނާ ދެމެދު ވަނީ ބޮޑު ކުރިމަތިލުމެއް ހިނގައިފައެވެ. މި އެއްވުން މުޒާހަރާއަކަށްވެ، މުޒާހަރާ ރޫޅައިލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައި ސޮނިކް ވެޕަން ބޭނުންކުރިއެވެ.

މި އެއްވުމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައ ވަނީ، މި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުމެ އެއްވުން ކުރިއަށްގެންދަން މަސައްކަތް ކުރީ، އެ ޕާޓީގެ މެމްބަރުންނާއި ފުލުހުން ކުރިން މަޝްވަރާކޮށް އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ކަމަށެވެ. އަދި މި އެއްވުން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ، ފުލުހުންގެ ޚިދުމަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުން ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރާއި އިޚުތިޔާރުގެ ތެރެއިން ކަމަށް މި ބަޔާނުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ