މޭވާއާއި ތަރުކާރީ ހިމެނޭހެން 23 ބާވަތެއް އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކޮށް އެސްޓީއޯއިން އެތެރެކޮށް ވިއްކަން ފަށައިފިއެވެ.
މިތަކެތި ވިއްކަނީ އެސްޓީއޯ ސުޕަމާޓުންނެވެ. ރާއްޖޭގައި އާފަލާއި އޮރެންޖު ހިމެނޭހެން އަސާސީ ކާބޯތަކެތީގެ އަގުތައް ބޮޑުވުމުގެ ޝަކުވާ ބޮޑުވެފައި އޮއްވައި އެސްޓީއޯގެ އަސާސީ ކާބޯތަކެތީގެ ލިސްޓެއް23 ބާވަތެއް އިތުރުކޮށް ރާއްޖެ އެތެރެކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމީ މިދިޔަ މަހުގެ 14ވަނަ ދުވަހުއެވެ.
އެގޮތުން އެސްޓީއޯއިން އެތެރެކުރާ ކާބޯތަކެތީގެ ތެރޭގައި:
- އެހެނިހެން ބާވަތުގެ ކާބޯތަކެތި: ރީނދޫ މުގު، ބިސް، ކާށި
- މޭވާ: ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދ މޭބިސްކަދުރު
- ތަރުކާރީ: ރަތް ފިޔާ، ކެރެޓު، އިނގުރު، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖު، ބަރަބޯ އަދި ބޯވެލި
އެސްޓީއޯއިން އާންމުކޮށް ރާއްޖެ އެތެރެކުރަނީ ކާޑުގެ ބާވަތްތަކެވެ. ނަމަވެސް، މި ލިސްޓުގައި ހިމެނޭ ބައެއް ބާވަތްތައް މިހާރު ވެސް އެކުންފުނިންް އެތެރެކުރެއެވެ. ޚާއްސަކޮށް ރޯދަމަހު ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ކާބޯތަކެތި އެތެރެކުރެއެވެ.
މި ތަކެތި މެދުނުކެނޑި ރާއްޖެ ގެނެވޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން މީގެކުރިން ވަނީ ދީފައެވެ.