ފުނަދޫގައި 30 ޓަނުގެ އައިސްޕްލާޓެއް ހުޅުވައިފި

G3UXT4VbUAAIxWj

ށ. ފުނަދޫގައި ގާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓް މިރޭ ހުޅުވައިފިއެވެ.

މި އައިސްޕްލާންޓް ހުޅުވާފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފުނަދޫއަށް ކުރެއްވި ޒިޔާރާތެއްގައެވެ. މިކަމަށްޓަކައި ރަސްމިއްޔާތެއް ބާއްވައިފައިވާއިރު، އައިސްޕްލާންޓް ހުޅުއްވައިދެއްވީ ރައީސްއެވެ. މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރު އަހްމަދު ޝިޔާމާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ފުނަދޫގައި ގާއިމްކުރި އައިސްޕްލާންޓުން ދުވާލަކު30 ޓަނުގެ އައިސް އުފައްދައި 50 ޓަނުގެ އައިސް ރައްކާކުރެވޭނެއެެވެ. މި އައިސްޕްލާންޓުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް އައިސްލިބުމުގައި ހުރި ދަތިތައް ހައްލުވާނެކަން ސަރުކާރުން ފާހަގަކުރެއެވެ.

މި އައިސްޕްލާންޓުގެ މަސައްކަތް މިފްކޯއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހުއެވެ.30 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރުމަށް އޭރު ސޮއިކުރީ ފުނަދޫގެ އިތުރުން، ދ. މީދޫ އަދި ބަނޑުދޫގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ