ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން 3 މީހަކު ގެއްލިގެން ހޯދަނީ

562433087_1205958384893965_2720281089868498301_n

މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި މީހުންގެ ތެރެއިން 3 މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމުގައި މެރިން ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މެރިން ޕޮލިސް ސާވިސް އިން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ލޭންޑިން ކްރާފްޓް ބަނޑުން ޖަހާލާފައިވަނީ އައިލަފުށި ރިސޯޓާ އެއް މޭލު ދުރުން ދަތުރުކުރަމުންދަނިކޮށް މިއަދު ފަތިހު 3:48 ގައި ކަމަށެވެ. މި ހާދިސާގައި އުޅަނދުގައި ތިބި ހަތް މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ ސަލާމަތް ކޮށްފައެވެ.

މެރިން ޕޮލިސް އިން ބުނީ ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން ތިބީ ލޭންޑިންގކުރާފްޓްގައި ގެންދިޔަ އެކްސްކަވޭޓަރެއްގެ ތެރޭގައި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޕޮލިސް އަދި ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ސަލާމަތްކުރެވުނު ހަތަރު މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ގެއްލިފައިވާ ތިން މީހުން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް މެރިން ޕޮލިސް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މެރިން ޕޮލިސް އަދި ކޯސްޓްގާޑު މިވަގުތު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ