ނައިފަރަށް ދަތުރުކުރަނިކޮށް ދިޔަވި "ނަސްރު" ބޯޓު އަޑިއަށް ގޮސްފި

G3YG58OaoAAJTAO

މިއަދު މުދާ ބަރުކޮށްގެން ޅ. ނައިފަރަށް ދަތުރުކުރަނިކޮށް ދިޔަވި، "ނަސްރު" ބޯޓު އަޑިއަސް ގޮސްފިއެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުމަތީގެ ދެ ހާދިސާއެއް މިއަދު ވަނީ ހިނގާފައެވެ. އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި ނަސްރު ބޯޓު ދަތުރުކުރީ މާލެއިން ނައިފަރަށެވެ.

މި ބޯޓު ދިޔަވާކަމުގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފްގެ ނޮދަން އޭރިޔާ ކޮމާންޑު، ކޯސްގާޑު ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވެ، ދޯނީގެ ފަސް ފަޅުވެރިން ކޯސްޓްގާޑު ހާބާ ކްރާފްޓަށް ނެގިއެވެ. މި ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިން ފަހުން ވަނީ ނައިފަރަށް ގެންގޮސްފައެވެ. މި ބޯޓު މިހާރު އަޑިއަށް ގޮސްފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއަދު ފަތިހު "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ވެސް ވަނީ ބަންޑުން ޖަހައިލާފައެވެ. ހަތް މީހުންނާއެކު ދަތުރުކުރަނިކޮށް ހިނގި މި ހާދިސާގައި ދެ މީހަކު ވަނީ ނިޔާވެފައެވެ.

އެއީ، ދިވެއްސަކާއި ބިދޭސީ މީހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ