ހުޅުދޫ އާއި މީދޫ، އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަކީ ތަރައްގީގެ ފެށުން: ރައީސް

DSC_0746

ހުޅުދޫ އާއި މީދޫ، އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަކީ ތަރައްގީގެ ފެށުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތާމެދު ޚިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް މިދިޔަ މަހުގެ 25ވަނަ ދުވަހު ވަނީ ނަގައިފައެވެ. މި ވޯޓުގައި މީދޫ ރައްޔިތުންނާއި ހުޅުދޫ ރައްޔިތުން ނިންމީ، އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ.

މި ނިންމުމަކީ އެ ދެރަށުގެ ތަރައްގީގެ ފެށުންކަމަށް ރައީސް ވިދާޅުވީ، އައްޑޫއަށް ކުރެއްވި ޒިޔާރާތުގައި ހުޅުދޫ އާއި މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ، އަސާސީ ޚިދުމަތްތަކާއި ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތައް ރައްޔިތުން ބޭނުންވާގޮތަށް ފަހިވުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ. އެކަން ހާސިލްވުމަށް މިހާރު ހުރިހާކަމެއް ކަމަޖެހިފައި ވާކަމަށް ރައިސް ވިދާޅުވިއެވެ.

"އެހެންވީމައި ކުރިއަށް އެންމެ އަވަހަށް އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ކައުންސިލްގެ ގޮތުގައި ދެ ކައުންސިލް ތި ލޮބުވެތި ރައްޔިތުން އިންތިޚާބު ކުރައްވާނެ. ކުރެއްވީމައި އެ ދެ ކަުއންސިލުން ރަސްމީ ގޮތުގައި މަސައްކަތް ފަށާ ހިސާބުން އެއޮތީ އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ތިބޭފުޅުންނަސް ވީ މި ވައުދު ފުދިގެންގޮސް އަދި އެއާއެކީގައި ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާ ގާތުން މުނިސިޕަލް ޚިދުމަތް ދިނުމުގެ ޒަމާން ފެށިފައި،" ރައީސް ވިދާޅުވިއެވެ.

ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލެއް ގާއިމްކޮށް މުނިސިޕަލް ޚިދުމަތްތައް ދިނުމުގެ ކުރިން ވެސް ވަރަށް ގިނަ ކަންކަން ކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވަސީލަތްތައް ގާއިމްކޮށް އިމާރާތް ވެސް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. މިކަންކަން ކުރަން މިހާރު ވެސް ފަށައިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކައުންސިލް އިންތިޚާބު ފެށެންވާއިރަށް އިމާރާތާއި ޖާގަ ވެސް ހަމަޖައްސައި ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ހުޅުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އަދި މީދޫގައި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވަނީ ފައްޓަވައިދެއްވާފައެވެ. މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އައްޑޫ ހުޅުދޫ އައްޑޫ މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތާއި ސ. އަތޮޅު މަދަރުސާގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ވެސް ވަނީ ސޮއިކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Thihurihaa kamakeeves city counsilun fashaafahuri kankan. Evaahaka mihaaru in genesdhin bahusuga haematuria.

ފަހުގެ