މަސްވެރިކަމާއި ގުޅޭ

flight

މަތިންދާބޯޓު ބޭނުންކުރާނީ ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް ހޯދުމަށް: އެމްއެންޑީއެފް

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއަރ މަތިންދާބޯޓު ބޭނުންކުރާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓަރ ކުރުމަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށް މި ބޯޓު ބޭނުންކުރާނެކަމަށް އެންއެންޑީއެފުން ބުނެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމިގެ އިތުރުން  އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް މި ބޯޓު ބޭނުންކުރާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގޭ ޤަވާޢިދާޚިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކަށް ރިއެކްޓްކުރުމުގައި އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިފްލައިޓް ރާއްޖޭގައި އުދުހޭނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ޙަރަކާތްތެރިވާ ގޮތަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި މަތިންދާބޯޓް - ފޮޓޯ: އެމްއެންޑީއެފް

2009 ވަނަ އަހަރުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޖުމްލަ 54 އޭރިއަލް ސާރވައިލަންސް އޮޕަރޭޝަން ހިންގިފައިވެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ރާއްޖޭގައި އިންޑިޔާ ސިފައިން ބައިތިއްބުމަށް ޖަހާފައިވާ މަޅިއެއް. މަސްވެރިންގެ ބޮލަށް ޖެހިޗިޕެއް ތިއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބަލަނިއްޔޭ ކިޔާފަ. އިންޑިޔާއިން ރާއްޖެއަށް މަތިންދާބޯޓެއް ނުދިނަސް ރާއްޖޭގައި މަތިންދާބޯޓެއް ގަންނެގެން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލުމުގެ ފެންވަރު ރާއްޖޭގެ ސިފައިންގެވެސް އެބަހުރި. ރާއްޖޭގެ ސިފައިންގެ މަތީ ރޭންކްތަކުގައިތިބީ ދުނިޔޭގެ އެންމެ މަތީ މިލިޓަރީ ސްކޫލްތަކުން ގްރެޖުވޭޓްވެފައި އަދި އެތަންތަނުގެ އެންމެ މަތީ ފާސްނަގައިގެން ތިއްބެވި ބޭފުޅުން. އިންޑިޔާ ސިފައިންނަށް ތަމްރީންދެވޭ ފެންވަރު އެމީހުންގެވެސް ހުންނާނެ. ރާއްޖެއަށް އެހީއެއްދިނުމަކީ މިގައުމުހިފަން މިތާނގައި ސިފައިން ބައިތިއްބަންޖެހޭ ސަބަބަކަށްވެގެންނުވާނެ.

Comments are closed.