29_07452ac68c

މުލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 49 ބަނގުރާ ފުޅިއާއި ދަޅު ނައްތައިލައިފި

އެކި މައްސަލަތަކުގައި މ.އަތޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން މުލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ މިއަދު ނައްތާލައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ނައްތާލާފައި ވަނީ 19 ފުޅި ބަނގުރަލާއި 30 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ މި އަހަރުގެ އޮކްޓޯބަރު 27 އިން ނޮވެމްބަރު މަހުގެ 19ގެ ނިޔަލަށް މުލީ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ބަނގުރާ ނައްތާލުން މުލީ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!