6199544817013345226

ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދޭ އެލަވަންސް ކަނޑައިލަން މަޖިލީހުން ފާސްކޮށްފި

ކުރީގެ ރައީސުން އޮފީސް ހިނގުމަށް ދައުލަތުން ކޮންމެ މަހަކު ދެމުންއައި 175،000 ކަނޑައިލުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދެވެ. ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދޭ އިނާޔަތް ކަނޑައިލުމުގެ އިތުރުން، ކުރީގެ ރައީސަކު ސަރުކާރުގެ މަގާމެއް އަދާކުރައްވާ ނަމަ އެ މުއްދަތުގައި، ކުރީގެ ރައީސުންނަށް ދޭ އެލަވަންސް ނުލިބޭނެ ކަމަށެވެ.

މީގެއިތުރުން، ކުރީގެ ރައީސަކު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ނަމަ، ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމު ނޫންކަމަސް އެ އިސްލާހުގައި ވެއެވެ.

މީގެ އިތުރުން ނައިބު ރައީސްކަމުގައި ފަސް އަހަރު ފުރިހަމަ ކުރައްވާފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 25،000 ފިޔާގެ އެލަވަންސެއް ދިނުމަށް ވެސް މި އިސްލާހުގައި ހުށަހަޅައިފައި ވެއެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުން ސިއްހީ ޚިދުމަތް ވެސް އެ ބޭފުޅުންނަށް ލިބެންޖެހޭނެ ކަމަށް އެ އިސްލާހުގައި ވެއެވެ.

މި އިސްލާހު ފާސްކުރުމަށް ވޯޓަށް އެހުމުން ފާސްކުރަން ފެންނަކަމަށް ވޯޓުދެއްވީ 68 މެމްބަރުންނެވެ. މި އިސްލާހަށް ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!