591716959_1164846705818158_7941614294098243832_n

ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފި

ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބެމުންދާ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ކުންފުނި ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފިއެވެ.

މި އެހީ ހަވާލުކުރެއްވީ ވިލާ ރިސޯޓްސްގެ ސީއީއޯ ސިޔާދް ގާސިމް އެވެ. މި އެހީއާއި ހަވާލުވެފައި ވަނީ ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ރިޒްވީ ހަސެއިންއެވެ.

މި ތޫފާނުގައި ލަންކާއިން މިހާތަނަށް 334 މީހުން މަރުވެ، 400 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އެ ގައުމުގެ ތިންބައިކުޅަ އެއްބައި މީހުން ފެނާއި ކަރަންޓުން ވަނީ މަހުރޫމްވެފައެވެ. މިހާރު ލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ.

ލަންކާއަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކާއި ސަރުކާރުގެ ކުންފުނިތަކުންނާއި އާންމުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް މިހާތަނަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ދިވެހި ފުލުހުން 2.4 މިލިއަން ރުފިޔާ އަދި ސިފައިން 1 މިލިއަން ރުފިޔާ ހަދިޔާކޮށްފައިވެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބަހައްޓާފައިވާ ފަންޑު ފޮށިތަކަށް ވެސް ގިނަ އަދަދެއްގެ އާންމުން ދަނީ އެހީ ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!