ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ފުލުހުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 31 އަހަރުގެ ޝަމީމް އަހައްމަދުއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ހުޅުމާލެ އެމްޓީސީސީ ޓާމިނަލް ކައިރިން ސައިކަލެއްގައި ދިޔަ މީހެއް ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅުތަކެއް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން 72 ބިޔަރު ދަޅު ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.