ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، ކޮޓަރީގައި ކުރުނބާ ފަނި ތައްޔާރުކޮށް ވިއްކި ދެ ބިދޭސީްނ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެމީހުން ދިރިއުޅޭތަން ބަލައި ފާސްކުރިކަމަށެވެ. އެތަނުން ގިނަ އަދަދެއްގެ ކުރުނބަލާއި ހުސް ފުޅި ފެނިފައި ވާކަމަށާއި އެމީހުން ކުރުނބާ ފަނި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވާ ކުރާކަމަށް ފުލުހުން ބުންޏެވެ.
މުޑުދާރު ތަންތަނުގައި ކާއެއްޗެހި ތައްޔާރުކޮށް ވިޔަފާރިކުރާ ބިދޭސީން މީގެކުރިން ވެސް އިމިގްރޭޝަނުން ވަނީ ހިފަހައްޓައިފައެވެ.