މިއަހަރުގެ އެންމެ ފަހު ދައުރު ނިންމައި ރައްޔިތުންގެ މަޖިލިސް މިއަދު ޗުއްޓީއަށް ގޮސްފިއެވެ.
މަޖިލީހުގެ މި ދައުރުގައި ކުރެވުނު ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތައް އެ އިދާރާއިން މިއަދު ވަނީ އާންމުކޮށްފައެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ދައުރުގައި ޖުމުލަ 28 ޖަލްސާއެއް ބާއްވައި 64 ގަޑިއިރު ޖަލްސާގައި ހޭދަކޮށްފައި ވެއެވެ. އަދި ޖުމުލަ 142 ކޮމިޓީ ބޭއްވިއިރު، ކޮމިޓީތަކުގައި ވަނީ120 ގަޑިއިރު ހޭދަކޮށްފައެވެ.
މަޖިލީހުގައި ކުރެވުނު އެހެން މަސައްކަތްތައް:
- 35 ބިލު ހުށަހެޅި، ނިންމުނީ17 ބިލުގެ މަސައްކަތް
- 12 ގަރާރު ހުށަހެޅި، ނިންމުނީ ހަތަރު ގަރާރުގެ މަސައްކަތް
- ސަރުކާރުން17 މައްސަލައެއް ހުސަހެޅި، ނިންމުނީ16 މައްސަލައެއް
- ރިޔާސަތުން12 މައްސަލައެއް ހުށަހެޅުއްވި، ހުރިހާ މައްސަލައެއް ނިމިފައި
- 98 ސުވާލެއް ހުސަހެޅިއިރު ނިމުނީ33 ސުވާލުގެ މައްސަލަ
- ޖުމުލަ ހަތަރު ކުއްލި މައްސަލައެއް ހުށަހެޅި، ހުރިހާ މައްސަލައެއް ނިމިފައި
މަޖިލީސް އެނބުރި މަސައްކަތަށް ނުކުންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.