original_1765121778105

ދެ މިލިޔަނެއްހާ ސިނގިރޭޓު ނައްތާލައިފި

ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނިކޮށް ކަސްޓަމްސް އިން އަތުލައިގަތް 1.83 މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފިއެވެ.

މި ސިނގިރޭޓްތަކަކީ ކަނޑުމަގުން އައްޑޫ ސިޓީ ހިތަދޫ ޕޯޓަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަސްޓަމްސްއިން އަތުލައިގަނެފައިވާ ތަކެއްޗެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު 7 ގައި އައްޑޫ ސިޓީ ހިތަދޫ ޕޯޓް ލިމިޓަޑް ސަރަޙައްދުގައި މި ސިނގިރޭޓްތައް ނައްތާލާފައިވާއިރު، މިއީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާއި އާންމު ގަވާއިދާ ޚިލާފަށް އެތެރެކުރަން އުޅުނު ތަކެއްޗެވެ.

މި މައްސަލަ ކަސްޓަމްސް އިން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. ސިނގިރޭޓްތައް އަންދާލުމުގެ ކުރިން، ކީހެއް ބޭނުންކޮށްގެން ކާޓަންތައް ބުރިބުރިކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!