447465_6dd7b927-5_

ޕެންޝަން ފައިސާ އިތުރުކަންކަމަށް ބޭނުންކުރެވޭ ގޮތް ހަދަނީ

ޕެންޝަން ފައިސާއިން އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މިބައްދަލުވުމުގައި ޕެންޝަން ފަންޑުގެ ބޭނުން ހިފުމުގައި ހުރި ދަތިތަކާއި ގުޅޭ ކަންބޮޑުވުންތަކެއް އާންމު މީހަކު ވަނީ ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މަޖިލީހުގެ ކުރިއަށްއޮތް ދައުރުގައި ޕެންޝަން ފަންޑުން ޚާއްސަ ހާލަތްތަކުގައި ފައިސާ ލިބޭގޮތަށް ޤާނޫނަށް އިސްލާޙު ހުށަހަޅުއްވާނެ ކަމަށެވެ.

ޕެންޝަން ފަންޑު ބޭނުންކުރުމުގައި ހުރި ދަތިތަކާ ގުޅޭ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގިނަ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން ޚާއްސަ ހާލަތްތައް ބަޔާންކޮށް، ޤާނޫނަށް އިސްލާޙު ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

2008 ވަނަ އަހަރު ތަޢާރަފުކުރެވުނު މަލްޓިޕެންޝަން ނިޒާމުގައި ހިމެނޭ ދެ ޕެންޝަން ސްކީމުގެ ތެރެއިން ރިޓަޔަރމެންޓް ޕެންޝަން ސްކީމުގެ ފައިސާ ދޫކުރަނީ އުމުރުން 65 އަހަރު ފުރުމުން ކަމަށްވުމުން، މިކަމާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރެއެވެ. މި ނިޒާމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއްވާ ކަމަށާއި، މިކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ލިބިފައިނުވި ނަމަވެސް، ޕެންޝަން ނިޒާމުގައި ހުރި ނަހަމަ ކަންކަން ހައްލުކުރުމަށް ރައީސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!