597350482_1267991788697607_6582038923267797234_n

ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 18 ބިދޭސީއަކު ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ރޭ މާލޭގެ ދިލްކުޝާގޯޅީގައި ހިންގި ރެއިޑެއްގައި، އާންމު ސާފުތާހިރުކަމަށް ބެލުމެއްނެތި ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރކުރަމުންދިޔަ ތަނަކާއި 4 އެކޮމޮޑޭޝަން ބްލޮކް ވަނީ ބަލާ ފާސްކޮށްފައެވެ. މި ތަންތަނުން ވަނީ މުރުމުރާއި ކުދިގުޅަ އަދި ކާޖާ ތައްޔާރުކުރަމުންދިޔަ މަންޒަރު ފެނިފައެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ބިދޭސީންތަކެއް މުރުމުރު ތައްޔާރުކޮށް އެއްޗަކަށް އަޅާފައިވާ ތަނާއި މުރުމުރު ޕެކެޓްކޮށްފައި ހުރި މަންޒރެވެ. އަދި ކުދިގުޅަ ތައްޔާރުކޮށް، ތެލުލަން ތައްޔާރުކޮށްފައިވާ މަންޒަރު ފެނެއެވެ. މީގެ އިތުރުން ކާޖާ ޕެކެޓްތަކެއް ތައްޔާރުކޮށް، ޕެކެޓްކޮށްފައިވާ މަންޒަރުވެސް ފޮޓޯ ތަކުން ފެނެއެވެ.

މި އޮޕަރޭޝަނަކީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ "ނެޝަނަލް ޓާސްކްފޯރސް" ގެ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ. އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބިދޭސީން ވިޔަފާރިކުރުން މަނާ 34 ދާއިރާއެއްގެ ލިސްޓެއް އެކުލަވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!