447576_01ce3635-e_

ޖުވާ ކުޅުމާއި ޖުވާ ކުޅޭތަނެއް ހިންގުން ޖިނާއީ ކުށަކަށް ހަދަން މަޖިލީހަށް ބިލެއް

ޖުވާ ކުޅުމާއި، ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް، މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.

ޖުވާ ކުޅުމާއި އޮންލަިއންކޮށް ޖުވާކުޅުން އިތުރުވެ، އެކަން ހުއްޓުވަން ސަރުކާރުން މަސައްކަތް ނުކުރާކަމަށް ބުނެ ގިނަ ބަޔަކު މީގެކުރިން ވަނީ ފާޑުކިޔާފައެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ، ރާއްޖޭގައި ދީނީ ވަހުދަތު އިތުރުކޮށް، އިސްލާމީ ގިޔަމުތައް ނަގަހައްޓައި ތަންފީޒުކުރުމަކީ މި ސަރުކާރުން އަހުމިއްޔަތުކަން ދޭ ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!