6183955052100258785

ވީއައިއޭގެ އާ ޓާމިނަލުން އީސްޓާން އެއާލައިންސްއަށް ޚިދުމަތްދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން އީސްޓާން އެއާލައިންސްއަށް އިއްޔެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިކަން ފާހަގަކުރުމަށް އިއްޔެ ވަނީ އާ ޓާމިނަލުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އީސްޓާންސް އެއާލައިންސް އޮފީހުގެ ޖެނެރަލް މެނޭޖަރު ލީ ޖިއާ އާއި ވިލާ ޓްރެވަލްސްގެ ސްޓޭޝަން މްނޭޖަރު މުހައްމަދު ފަޔާޒުއާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި އެއާލައިނަށް ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް އެ އެއާލައިނުގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި241 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް އެކަކަށް ކައިރިކުރި ޗައިނާ އީސްޓަން އެއާލައިންސްގެ ފުރަތަމަ ފްލައިޓަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފައެވެ.

ޗައިނާ ސަރުކާރުން ހިންގާ އީސްޓަން އެއާލައިނަކީ ޗައިނާގެ އެންމެ ބޮޑު ތިން އެއާލައިނުގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ2007ވަނަ އަހަރުގެ އޭޕްރިލް28ވަނަ ދުވަހުއެވެ.

މިއީ އާ ޓާމިނަލުން ޚިދުމަތް ދޭންފެށި ޗައިނާގެ ހަތަރުވަނަ އެއާލައިނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!