G73qVLqaMAM5eYS

އަނެއްކާވެސް ހަތަރު މަސާޖުޕާލާއެއް ބަލައިފާސްކޮށް ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލޭގައި ހިންގާ ހަތަރު މަސާޖުޕާލާއެއް ބަލައި ފާސްކޮށް އަނެއްކާ ވެސް ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ، މިތަންތަން ބަލައިފާސްކުރީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

މި އޮޕަރޭޝަނުގައި ހަތަރު މަސާޖު ޕާލާއެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ތިން ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އިމިގްރޭޝަނުން ބުނީ މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން އަޅާފައި ވާކަމަށެވެ.

އިއްޔެ ވެސް އިމިގްރޭޝަނުން ވަނީ ހަތަރު މަސާޖު ޕާލާއެއް ބަލައިފާސްކޮށްފައެވެ. އަދި ހަތަރު މީހުން އިއްޔެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ހޯމް މިިނިސްޓްރީން ވެސް ދަޏީ މަސައްކަތްތަކެއް ކުރަމުންނެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބައެއް ބިދޭސީން ޑީޕޯޓުކުރާއިރު، ގަވާއިދަށް ފެތުމުގ ފުރުސަތު

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!