ދުންފުހުގެ ސަބަބުން މިވަގުތު ރާއްޖޭގެ ވައި ނުސާފުވެފައި ވާކަމަށާއި އަންނަ ހަފުތާގައި ވެސް ދުންފުހުގެ އަސަރު ކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓުން ބުނީ، ވައި ނުސާދުވެފައި ވަނީ، އުތުރާއި މެދުރާއްޖެތެރެއަށް ކަމަށެވެ. މާލެ އާއި ކައިރި ރަށްތަކަށް ވައި ނުސާފުވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް މިވަގުތު ދަނީ ސޯޝަލްމީޑިއާގައި އާންމުވަމުންނެވެ.
ވައިގެ ސާފުމިން ދައްކުވައިދޭ އައިކިއު އެއާއިން ދައްކާގޮތުގައި މިވަގުތު މާލޭގެ ވައި ހުރީ ނުރައްކާވާ މިންވަރަށް ނުސާފުކޮށެވެ.
ވައި ނުސާފުވުމުން ކުރިމަތިވެދާނެ ސިއްހީ ކަންކަންމުން ސަލާމަތްވުމަށް އެޅުދާނެ ފިޔަވަޅުތަކުގެ ތެރޭގައި، ބޭރަށްދާއިރު މާސްކު ބޭނުންކުރުން، ގޭގައި އެއާ ޕިއުރިަޔާ ބޭނުންކުރުން ހިމެނެއެވެ.