ފޮޓޯ: ޕީއެސްއެމް ނިއުސް
ފޮޓޯ: ޕީއެސްއެމް ނިއުސް

ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއިއެކު ފާނަ ޕްރޮސެސް ކުރާ ފެސިލިޓީއެއް

ރ.ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއެކު ފާނަ ޕްރޮސެސް ކުރާ ފެސިލިޓީއެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި، ފާނަ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކާއެކު މަސްކިރުވާ ޒަމާނީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ތްރީ ވޭ އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މަސްވެރިކަމާބެހޭ ވަޒީރު އަޙުމަދު ޝިޔާމެވެ. ތްރީ ވޭ އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙަސަން އިބްރާޙިމްއެވެ.

މި މަޝްރޫޢަކީ މަސްވެރިކަމުގެ ސިނާޢަތަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސް ޕްލާންޓުތަކާއި މަސް ޕްރޮސެސްކުރާ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!