ކޮވިޑް-19 ގެ ސަބަބުން ގަވައިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް ދެނެގަތުމަށް ހަރަކާތްތެރިވަމުން އަންނަ އޮބްޒާވަރުންނަށް ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައިވާތީ ޤަވާއިދާ ޚިލާފަށް މަސްވެރިކަންކަން ކުރަމުން އަންނަ އުޅަނދުތަކުން މިކަމުގެ ފައިދާ ނަގަމުން އަންނަކަމަށް ރިޕޯޓްތައްބުނެއެވެ.
ނިއުޒިލޭންޑަށް ނިސްބަތްވާ މަސްވެރިންނަށް އިރުޝާދުދެއްވާ ފަރާތެއްކަމަށްވާ ފްރެންސިސްކޯ ބްލަހާ ބަޔާންކޮށްފައިވާ ގޮތުގައި، ދެކުނު ޕެސިފިކްގެ ކަނޑުތަކުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް މަސް ބޯޓަށް އެރުމަށް ހުއްދައެއް ބޭނުންވާކަމަށާއި، މަސްތައް ބޯޓުން ބޭލުމުން ނޫނީ ބޯޓަށް އެރުމުގެ ހުއްދަ ނޯންނަކަމަށް އެނާ ވިދާޅުވިއެވެ.
އާންމު އުސޫލު އޮންނަ ގޮތަށް ބަލާއިރު ދާ އަޅައިގެން މަސްވެރިކަން ކުރާ ބޯޓުފަހަރު އެދުވަހެއްގެ މަސްކިރުމަށްފަހު ބަނދަރަށް އައިސް ބޯޓު ބަލާފާސްކުރަން ޖެހެއެވެ. ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން ދެކުނު ޕެއެސިފިކް ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަރަންޓީން މުއްދަތެއް ދީފައިވާތީ ބޯޓުފަހަރަށް ބަދަރުތަކަށާއި ފަޅުތަކަށް ވަނުމުގެ ހުއްދަ ނުލިބުމުގެ ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.
ދާ އަޅައިގެން މަސްވެރިކަން ކުރަމުން އަންނަ ފަރާތްތައް ބާލާ ފާސްނުކުރެވުމާއި ގުޅިގެން ދާއަޅައިގެން މަސްވެރިކަން ކުރާ ފަރާތްތަކުން އެއްވެސް ޤަވާއިދެއް އުސޫލެއް ނެތް ގޮތުގައި ކަނދުފަތި ކައިރިން ދާ ޖަހައިގެން ކަޅުބިލަމަސް ފިޔަވައި އެހެނިން ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބޭ ގޮތަށް ދަލުގެ މަސްވެރިކަން ކުރަމުންދާކަމަށްވެސް ބްލަހާ ވިދަޅުވެފައިވެއެވެ.