DSC_8335

މިފްކޯއިން ދެން މަސްގަންނާނީ ކިލޯއަކަށް އެންމެ ދަށްވެގެން 16 ރުފިޔާއަށް: ރައީސް

މާދަމާއިން ފެށިގެން މިފްކޯއިން ކިލޯއެއްގެ މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނިންމަވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިރޭ ރ. ދުވާފަރުގައި ބާއްވާ މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މިވާޅުވީ މަދުވެގެން އެއް ކިލޯގެ މަސް މިފްކޯއިން ދެން ގަންނާނީ އެންމެ މަތީ ރޭޓުގައި ކަމަށެވެ. އަދި ކިލޯއެއްގެ މަސް ގަންނާނީ އެންމެދަށްވެގެން 16 ރުފިޔާގެ ރޭޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މިރޭގެ ޖަލްސާގައި ރައީސް ވަނީ، މަސްވެރިންނަށް ތެޔޮ ވިއްކާ އަގުތައް ވެސް ހެޔޮކޮށްފައި ވާކަން އިއުލާނު ކުރައްވާފައެވެ. އަދި މަސް ކިރާ ކައްޓާތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އެންމެ މަތީ ރޭޓުގައި ގަންނަނީ ބައި ކިލޯގެ މަހެވެ. އަދި މަސް ގަންނަނީ ބޭރުގެ ބާޒާރުގެ އަގުތަކަށް ބެލުމަށްފަހެވެ.

ކިލޯއެއްގެ މަސް އެންމެ މަތީ ރޭޓުގައި ގަންނަން މިއަދު ހަމަޖައްސާފައި ވާއިރު، މަސް ކިލޯއެއް 20 ރުފިޔާއަށް ވިއްކުމަކީ ި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!