ށ.ފީވަކަށް ދަތުރުކުރި ދޯންޏެއް ދިޔަވެ ކަނޑުވި68 އަހަރުގެ މީހަކު މިއަދު ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ، އެ ދޯނި ދިޔަވިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރީ ކަނޑުން ފެނިފައި ވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ އޭނާ ފީވަކު ގެންގޮސްފައެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އެއީ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ދަތުރުކުރީ އެކަނިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައި ވާކަމަށް ފުލުހުން ބުންޏެވެ.
މި ދޯނީގެ ބައެއް ސާމާނު އޮޔާދާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.