4_4c5e31233a

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ވޭޕާއި ދުންފަތް ނައްތައިލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ވޭޕާއި ދުންފަތުގެ ބާވަތްތައް މިއަދު ދޫނިދޫގައި ނައްތައިލައިފިއެވެ.

ފުލުހުން ބުނީ، މިއީ އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް، ހެންވޭރު, ޕޮލިސް އަދި މާފަންނު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށެވެ.

މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 102 ވޭޕް، 145 ވޭޕް ފްލޭވާ، 1096 ނެނޯސްޓިކް ކާޓްރިޖްއެވެ. މީގެއިތުރުން، 114 ކޮއިލް އާއި ޑިސްޕޯސަބަލް ޕޮޑަކާއި ހަ ރީފިލިން ކާޓްރިޖް އަދި ތިން ކާޓޫނު ސިގިރެޓް ނައްތާލާފައިވެއެވެ.

މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވޭޕް އަދި ވޭޕް ކާޓްރިޖް ގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރާ ފަދަ ސާމާނު ވެސް މި އުސޫލުގެ ދަށުން ނައްތައިލައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!