ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

large_176682522132YNjW

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ނުދެއްވައެެވެ. އަދި މިއީ ކިހާ ދުވަހަކަށް ކުރައްވާ ދަތުރެއް ކަމެއް ވެސް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

މީގެކުރިން ވެސް ރައީސް ވަނީ ތިން ފަހަރެއްގެ މަތިން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވީފަހުން މިއީ އެގައުމަށް ކުރައްވާ ފަސްވަނަ ދަތުރުފުޅެވެ.

މިއަހަރުގެ ޖޫންމަހު ރައީސް ވަނީ އެގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ