ވީއައިއޭގެ އާ ޓާމިނަލުން ހައިސްކައިއަށް ޚިދުމަތް ދޭން ފަށައިފި

6233232410183142466

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް އެކަކުން ލޯ ކޮސްޓް އެއާލައިނެއް ކަމަށްވާ ހައިސްކައިއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް އެކަކުން އައިސްކައި އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ގްރޫޕްގެ ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ. ރަސްމިއްޔާތުގައި ވޮޔޜޖަސްގެ ޑެޕިއުޓީ މެނޭޖަރު އިގްނާދް މަންސޫރާއި ހައި ސްކައިގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓާމިނަލް އެކަކުން ހައިސްކައިއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ރާއްޖެ އައި 222 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ހައި ސްކައިއާއެކު ޓާމިނަލް އެކަކުން މިހާރު ދަނީ38 އެއާލައިނަށް ޚިދުމަތް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ