މަސްވެރިކަމާއި ގުޅޭ

16062012227

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

މިފްކޯއިން ތެލުގެ އަގަށް ގެނައި ބަދަލާއެކު ތެޔޮ ލީޓަރަކުން 44 ލާރި އަގު ހެޔޮވާނެއެވެ. މާދަމާއިން ފެށިގެން އެކުންފުނިން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކުމަށް ހަމަޖެހިފައިވަނީ 6 ރުފިޔާ 89 ލާރިއަށެވެ. މީގެ 5 ދުވަސް ކުރިންވެސް މިފްކޯއިން ވަނީ ތެލުގެ އަގު 7 ރުފިޔާ 33 ލާރިއަށް ހެޔޮކޮށްފައެވެ. އެއާއެކު މިފްކޯގެ އެންމެ ވާދަވެރި ކުންފުނިކަމަށްވާ ހޮރައިޒަން ފިޝަރީޒުން ތެލުގެ އަގު ދަށްކޮށް މިފްކޯއިން ވިއްކާ އަގަށްވުރެ ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ވިއްކަން ފަށިއެވެ. ހޮރައިޒަން ފިޝަރީޒުން ތެޔޮ ވިއްކަނީ 7 ރުފިޔާ 10 ލާރިއަށެވެ. މިފްކޯއިން ތެލުގެ އަގަށް ގެނައި ބަދަލާއެކު މަސްވެރިންނަށް އެންމެ ހެޔޮ އަގުގައި ޑީސަލް ފޯރުކޮށްދޭނީ އެކުންފުނިންނެވެ.

ތެލުގެ އަގަށް ގެނައި ބަދަލާއެކު މި ދެކުންފުނިންވެސް މަސްވެރިން ނޫން ފަރާތްތަކަށް ޑީސަލް ލިޓަރެއް ވިއްކާނީ 13 ރުފިޔާއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!