ފުވައްމުލަކު ސިޓީ އުތުރުން ހަތަރު މޭލު ބޭރުން ދަތުރުކުރި މުދާ އުފުލާ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
"ހަވާސާ" ނަމަކަށް ކިޔާ މި ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 12:23 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެެ. މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓު ގުޅިގެންނެވެ.
އެ ބޯޓު ފުވައްމުލަކު ސިޓީ ބަނދަރަށް ވަނުމުން މިއަދު 13:10 ހާއިރު ދިޔަ ހިއްކުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި، ބޯޓުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ މިއަދު 14:10 ހާއިރުކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ފުވައްމުލަކުން މަސްބާނަން ނުކުތް ބޯޓެއް ވެސް އޮޔާދާތީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމްއެންޑީއެފުން ވަނީ ސަލާމަތް ކޮށްފައެވެ.