އާޚިރަތް ދުވަހުގެ އިމްތިހާނަކީ ދުނިޔޭގެ އިމްތިހާނަށްވުރެ ބޮޑު އިމްތިހާނެއް: ޚުތުބާ

Mosque, Photo: Visit Maldives
Mosque, Photo: Visit Maldives

އާޚިރަތް ދުވަހުގެ އިމްތިހާނަކީ ދުނިޔޭގެ އިމްތިހާނަށްވުރެ ބޮޑު އިމްތިހާނެއްކަމަށް މިއަޗދުގެ ހުކުރު ޚުތުބާގައި ބުންފިއެވެ.

މިއަދު ޚުތުބާގައި ބުނީ، އާޚިރަތް ދުވަހުގެ އިމްތިހާނަކީ އެންމެން ވެސް ކުރިމަތިލާން ޖެހޭނެ އިމްތިހާނެއް ކަމަށެވެ. އަދި މި އިމްތިހާނާ ކުރިމަތިލާން ޖެހޭނީ އަމިއްލައަށް ކަމަށާއި މި އިމްތިހާނުގައި ދެވަނަ ފުރުސަތެއް ނޯންނާކެ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މަޚްޝަރު ކުރައްވާ ދުވަހަކީ ބިރުވެރި ދުވަހެއް ކަމަށެވެ. އެދުވަހުގެ ބިރުވެރިކަމުގެ އެ މައިދާނުގައި ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތަކަށް ތިބެން ޖެހޭނެއެވެ.، އެ ބިރުވެރި ދުވަހު މަހުޝަރު ބިމުގައި ހުއްޓި ހުރުން ފަސޭހަ ހުރުމަކަށް ހެދުމުގެ އިޚްތިޔާރު އޮތީ އެމީހެއްގެ އަތުގައި ކަމަށް ޚުތުބާގައި ބުންޏެވެ.

"ތަގުވާވެރި ޗާލިހު އަޅުންނަށް އެދުވަހުގެ ހުއްޓިހުރުން އިހުސާސްކުރެވޭނީ، ދުންޔަވީ ހަޔާތުން ނަމަ މެންދުރު ނަމާދާއި އަސްރު ނަމާދު ދެމެދުގެ ވަގުތުކޮޅެއްގެ ގޮތުގައެވެ،" ޚުތުބާގައި ބުންޏެވެ.

ﷲއަށް އުރެފޭ މީހުންނަށާއި ފާފަކުރާ މީހުންނަށް އެ ދުވަހު އޮތީ ބިރުވެރި ކަމެވެ. ގުރުއާނާއި ރަސޫލާގެ ސުންނަތުގައި ބަޔާންކޮށްފައި އެ ދުވަހާމެދު އިންޒާރުދީފައި ވަނީ އިބުރަތެއް ހާސިލް ކުރުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ