ޖުވާ ކުޅުމާއި ޖުވާ ކުޅޭތަނެއް ހިންގުން ގާނޫނީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އާނމުންގެ ޚިޔާލު ހޯދަން މިއަދު ހުޅުވައިލައިފިއެވެ.
މި ބިލު މަޖިލީހަސް ހުށަހަޅައިފައި ވަނީ ޕީއެންސީގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގެވެ. މި ބިލުގެ މަގުސަދަކީ ޖުވާ ކުޅުމާއި ޖުވަ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމާއި ރާއްޖޭގެ ގާނޫނުލްއުގޫބާތުގައު ކުށް ކަމުގައި ކަނޑައަޅަިއފައިވާ ބައެއް ކުށްތަކުގެ އުންސުރުތަކާއި ދަރަޖަތައް އިސްލާހު ކުރުމެވެ.
މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ވަޏީ މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު ފަހު 02:00އާ ހަމައަށް ހުޅުވައިލައިފައި ވާކަމަށެވެ. ޚިޔާލު ހުށަހެޅޭނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އީމެއިންއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިގެންނެވެ.
މި ބިލު ފަރުމާކޮށްފައި ވަނީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭތަނެއް ހިންގުމަކީ ކުށެއްކަމުގައި ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން އެއް އަހަރާއި ހަތަރު އަހަރުގެ މުއްދަތަކަށް ޖަލަށް ލެވޭގޮތަށެވެ.