މިއަދު ވެސް މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް

Screenshot 2026-01-01 at 11.46.25

މިއަދު ވެސް މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓުންު ބުނެފިއެވެ.

މެޓުން ބުނީ، މިއަދު ރާއްޖޭގެ މޫސުން އާދައިގެ ގޮތެއްގައި ރަނގަޅު ވާނެކަމަށެވެ. އަދި އުތުރުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑު ވާނެކަމަށެވެ. ނަމަވެސް، މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެެވެ.

މެދުރާއްޖެތެރެއަށް މޫސުން ގޯސްވުމުން މެޓުން އިއްޔެ ވަނީ އެލާޓު ވެސް ނެރެފައެވެ.

މި ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރަކަސް ވުމުން ގިނަ ބަޔަކު ކަނޑުމަގުން ދަތުރު ކުރެއެވެ. އެއްވެސް ބާވަތެއްގެ ދަތުރެއް ކުރުމުގެ ކުރިން މެޓުން ނެރޭ ސަމާލުތައް ބަލައި މޫސުން ގޯސްވެއްޖެ ނަމަ،. ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެ އިދާރާއިން ވަނީ އެދެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ