އޮޕަރޭޝަން އަލިމަގު: ގއ. އަތޮޅާއި މާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

G5nkqJcagAAD9T0-remxgqu2odb455m4soucgx5kllgeey9pgylvrn3154

ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކޮށް ހޯދާ ފައިސާ ލޯންްޑާކުރާ ނެޓްވޯކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަން "އަލިމަގު"ގެ ތެރެއިން މިއަދު ގއ. އަތޮޅާއި މާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯނަޑަރިންގެ އަމަލުތައް ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނަށް އަމާޒުކޮށްގެން ހިނަގާ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކޮށް، ގާގޫނު ތަންފީޒު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ވެއެވެ.

"މި އޮޕަރޭޝަން ކުރިއަށް ގެންދާނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންޕޯސްމަންޓް ވިންގު ގުޅިގެން،" އެ ބަޔާނުގައި ވެއެވެ.

އޮޕަރޭޝަން އަލިމަގަކީ މިދިޔަ ނޮވެމްބަރު މަހުގެ 13ވަނަ ދުވަހު މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 30.63 ގްރާމުގެ މަސްތުވާތަކެއްޗާއި 182 ދަޅު/ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އެ އިދާރާއިން މީގެކުރިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ