އެމްޓީސީސީން ޑްރައިވަރުން ހޯދަން ވޯކްއިން އިންޓަވިއުއެއް ބާއްވަނީ

big_voIunJWJRvhNEBxaGBOd9qOg3

އެމްޓީސީސީން ޑްރައިވަރުން ހޯދަން ވޯކްއިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.

ވޯކްއިން އިންޓަވިއު އަކީ ވަޒީފާއަށް ކުރިމަތި ނުލައި، ސީދާ އިންޓަވިއުއަށް ދާގޮތަށް ބާއްވާ އިންޓަވިއުއެކެވެ.

ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށް ބަސް ޑަރައިވަރުން އެ ކުންފުނިން ނަގާއިރު، މި ވަޒީފާއަށް ނަގަނީ ކިހާ މީހުންނެއްކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. މި އިންޓަވިއު އޮންނާނީ މިމަހުގެ 17ވާ ހޮނިހިރު ދުވަހު 10:00 އިން 06:00 އަށް މާފަންނު ބަސް ޓާމިނަލުގައެވެ.

އެމްޓީސީސީން ބުނީ މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އިންޓަވިއުއަށް އަންނައިރު، އައިޑީ ކާޑާއި ޑްރައިވިން ލައިސަންސް ގެންނަން ޖެހޭނެ ކަމަށެވެ.

މީގެކުރިން ވެސް ކުންފުނި ތަކާއި އިދާރާތަކުން ވަނީ ވޯކްއިން އިންޓަވިއުތައް ބާއްވާފައެވެ. މިފަދަ އިންޓަވިއުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ