ބަނގުރަލުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން43 އަހަރުގެ ގ. ހެޕީސައިޑް މުހައްމަދު ނާއިޝް އާއި އުނމުރުން31 އަހަރުގެ ހަނދާން ޅ. ހިންނަވަރު އަހްމަދު އިކްރާމް އަބްދުއްރަހްމާންއެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިމަހުގެ 10ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެމީހުން ހައްޔަރުކޮށްފައި ވަނީ، މަސްވެރިންގެ ޕާކު ސަރަޙައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނުމުންނެވެ. މި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކުރި ނަމަވެސް، އެމީހުން ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފައެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރ ކުރުމުން ދެމީހުން ވެސް ވަނީ10 ދުވަހަށް ބަންދު ކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނި ތަހުގީގު ކުރަމުންނެވެ.