ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1ގައި ހަދާފައިވާ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ބޭނުންކުރަން ފަށައިފިއެވެ.
ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ހަދާފައިވަނީ ޓާމިނަލްގެ ގޭޓް ހަތަރެއްގެ އެތެރެއިން ގާތްގަނޑަކަށް 600 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. ރާއްޖޭގެ ރީތިކަން ފެނިގެންދާ ގޮތަށް ޑިޒައިންކޮށްފައިވާ މިތަނުގައި ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދޭ ހަތަރު އޮޕަރޭޓަރުންނަށް ޖުމުލަ 24 ކައުންޓަރު ހަދާފައިވެއެވެ.
މިއީ ޓާމިނަލް 2ގެ ސީޕްލޭން ޗެކް-އިން ސަރަހައްދާ ހިލާފަށް މުޅިތަން އެއާ ކޮންޑިޝަން ކޮށްފައިވާ ޖާގައިގެ ގޮތުން ތަނަވަސް, އަދި ފަސިންޖަރުންނަށް އިށީންދެލައިގެން ތިބެވޭ ގޮތަށް ހަދާފައިވާ ސަރަހައްދެކެވެ.
އޭގެ އިތުރުން ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ސަރަހައްދަށް ވެހިކަލް ކައިރިކުރުމަށް އިތުރު ސްލޮޓްތަކެއް ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރު ބޭރުގައި 9 ފަސިންޖާ ބަސް ސްލޮޓް, ލަގޭޖް ވެހިކަލްތަކަށް 10 ސްލޮޓް އަދި ސްޓޭންޑްބައި ވެހިކަލްތަކަށް 11 ސްލޮޓް ވަނީ ކަނޑައަޅައިފައެވެ.