ރޯދަ މަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް

ފޭސް 2 ގައި ހަދާ ވަގުތީ މާރުކޭޓުގެ މަސައްކަތް އެޗްޑީސީން ކުރަނީ ---
ފޭސް 2 ގައި ހަދާ ވަގުތީ މާރުކޭޓުގެ މަސައްކަތް އެޗްޑީސީން ކުރަނީ ---

ރޯދަ މަހަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.

ވަގުތީ މާރުކޭޓު ހަދަނީ ދެވަނަ ފިޔަވަހީގައި ވިނަރެސް 8 ވަނަ ފްލެޓާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ސަރަޙައްދުގައެވެ.

އެޗްޑީސީން ބުނި ގޮތުގައި ވަގުތީ މާރުކޭޓުގައި ވަގުތީ މާރުކޭޓުގައި 24 ގޮޅި ހަދާނެއެވެ.

ވަގުތީ މާރުކޭޓުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެޗްޑީސީން ބުނި ގޮތުގާއި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ ތަނުގެ މަސައްކަތް ނިމޭނެއެވެ.

ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޫކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދާނީ އެޗްޑީސީންނެވެ. މި ގޮޅިތައް ދޫކުރާނީ އާއްމު އުސޫލުން ކަމަށާއި، މަސައްކަތް ނިމުނުހާ އަވަހަކަށް ގޮޅިތައް ދޫ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ