މިދިޔަ މަހު އެކަނި ވެސް މާލޭގައި ލައިސަންން ނެތި ދުއްވި261 އުޅަނދު ފުލުހުން ހިފަހައްޓައިފައި ވާކަމަށް އެ އިދާރާއިން އާޏްމުކުރި ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި ލައިސަންސް ނެތިގެން ހިފެހެއްޓު އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 210 ދެފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ 20 އުޅަނދެވެ.
މީގެ އިތުރުން މި ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ މަހު ޖުމުލަ 12،424 އުޅަނދު މަޑުކުރުވައި ޗެކް ކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ، 5765 ދެފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ 6659 އުޅަނދެވެ. މީގެތެރެއިން ފިޔަވަޅު އަޅައިފައި ވަނީ، ދެފުރޮޅުލީ 728 އުޅަނދަށާއި ހަތަރު ފުރޮޅުލީ826 އުޅަނދަށެވެ. މިދިޔަ މަހު ވަނީ ނުރައްކާތެރިކޮށް ދުއްވި ދެފުރޮޅުލީ 27 އުޅަނދު މަޑުކުރުވައިފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޓްރެފިކް ވައިލޭޝަނާ ގުޅިގެން މިދިޔަ މަހު ވަނީ، ދެފުރޮޅުލީ 232 އުޅަނދާއި ހަތަރު ފުރޮޅުލީ 360 އުޅަނދު ޓޯކޮށްފައެވެ. އަދި ޕާކިން ވައިލޭޝަނާ ގުޅިގެން ވަނީ، ހަތަރު ފުރޮޅުލީ 706 އުޅަނދާއި ދެ ފުރޮޅުލީ661 އުޅަނދު ޓޯކޮށްފައެވެ.