ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިންޑިއާއަސް ވަޑައިގެންފިއެވެ.
މަޖިލީސް އިދާރާއިން ބުނީ، އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތީ ކޮމަންވެލްތްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ. މި ކޮންފަރެންސް އޮންނަނީ އިންޑިއާގެ ނިއު ދިއްލީގައެވެ.
މިމަހުގެ 13 އިން 18 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރު، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގެންނެވިއެވެ.