މިދިޔަ މަހު ޑެންގީ ހުމުގެ 413 ކޭސް ރިޕޯޓުކޮށްފި

1035x593-o4zOhQnwMLa0cLYTmolmsPk3WOwbTAhpnVW2tU1g

މިދިޔަ މަހުގެ ޑެންގީ ހުމުގެ413 ކޭހެއް ރިޕޯޓުކޮށްފައި ވާކަމަށާއި މިއީ ނޮވެމްބަރު މަހާ އަޅާބަލާއިރު ވަރަށް ބޮޑި އިތުރުވުމެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްނަރު މަހު ރިޕޯޓުކޮށްފައި ވަނީ ޑެންގީގެ 382 ކޭހެކެވެ. މިދިޔަ މަހު ވަނީ މި އަދަދު 413އަށް އިތުރު ވެފައެވެ. މިއީ އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ވެސް އިތުރު އަދަދެކެވެ. 2024ވަނަ އަހަރުގެ ޑިސެންބަރު މަހު ރިޕޯޓުކޮށްފައި ވަނީ ޑެންގީގެ 70 ކޭހެވެ.

ޑެންގީ ހުން ފަދަ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއެއިން ވަނީ އިލްތިމާސް ކޮށްފައެވެ. މިފަދަ ބަލިތަކުން ސަލާމަތް ވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި:

  • މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާހެން ހެދުން އެޅުން އަދި މަދިރި ލޯޝަން ބޭނުން ކުރުން
  • ފަތިސް ގަޑީގައާއި ހަވީރު ގަޑީގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • ފެން ހަރުލާގޮތަށް ހުސް ފުޅިއާއި ދަޅު ފަދަ ތަކެތި އުކާފައި ނުބެހެއްޓުން

ޑެންގޫ ހުން ޖެހިއްޖެ ނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތައް:

  • އަރާމު ކުރުން
  • ގިނަގިނައިން ދިޔާ އެއްޗެހި ބުއިން
  • ހުން މަޑުކުރުމަށާއި ގައިގައި ރިއްސުން ކުޑަކުރުމަށް ޕެރެސެޓަމޯލް ބޭނުން ކުރުން
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ