އެއާޕޯޓުން ޑޮލަރު ފޭރުން: އިތުރު މީހަކު ހައްޔަރުކޮށްފި

large_176845909220MAho

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރުތަކެއް ފޭޜުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރުތަކެއް ފޭރުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ27ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި މައްސަލައިގައި މީގެ ކުރިން ހަތް މީހުން ހައްޔަރު ކުރިއެވެ. މި އެންމެން ވެސއް ތިބީ ބަންދުގައެވެ.

މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ، އުމުރުން30 އަހަރުގެ ރ. މަޑުއްވަރީ، މީޒާން، އިސްމާއީލް ސިރްހާންއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

މި މައްސަލައިގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހުންނަކީ:

  • އިބްރާހިމް އަނޫފް (24އ) - އަލިވިލާގެ / ކ. ގުރައިދޫ
  • ހުސެއިން ޝަހުދު (30އ) - އަލިވިލާގެ / ކ. ގުރައިދޫ
  • މާޒިން މޫސާ (25އ) - ލ. މާވަށް / ރޭޝަމް
  • އަހްމަދު ރައިހާން ނައީމް (20އ) - މ. ކޯރަސް / މާލެ
  • އަހްމަދު މާހިދު (44އ) - އެހީވާގެ / ތ. ވިލުފުށި
  • އަބްދުލްއައްވަލް އިބްރާހިމް (27އ) - ބިނާ / ގއ. ވިލިނގިލި
  • އަލީ އަފްޒަލް (21އ) - ވަށަގުލިމާގެ / ސ. ހިތަދޫ

މި މައްސަލައިގައި ހަތަރު މީހަކު ފުރުން މަނާކޮށްފައި ވާކަމަށް މީގެކުރިން ފުލުހުން ބުންޏެވެ. ނަމަވެސް، އެމީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ