ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނަށް 66 ޒުވާނުން މިއަދު ފުރައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވަނީ މިއީ ދިވެހި ވަތަނީ ޚިދުމަތުގެ އިނީޝިއަލް ޓްރެއިނިން ނިންމުމަށްފަހު ފަންނީ ތަމްރީނުގައި ބައިވެރި ވުމަށް ކުރިމަތިލި ދަރިވަރުން ކަމަށެވެ.

މި ތަމްރީނު ކުރިއަށް ގެންދަނީ ބ. ކިހާދޫގައެވެ. މި ތަމްރީނުގައި ބައިވެރިވުމަށް ފުރީ، ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 16 އަހަރާއި 19 އަހަރާ ދެމެދުގެ 66 ޒުވާނުންނެވެ.
މިދިޔަ މަހުގެ 28ވަނަ ދުވަހު، ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުން 344 ދަރިވަރުން ތަމްރީނު ވިއެވެ.