ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވައިލައިފި

ފޮޓޯ -- ޕީއެސްއެމް
ފޮޓޯ -- ޕީއެސްއެމް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތި ލުމަށް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވައިލައިފިއެވެ.

މި އިންތީޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އެޕްރިލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. މި އިންތިޚާބަށް ކުރިމަތި ލެވޭނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ15:30ގެ ކުރިންނެވެ.

އީސީން ބުނީ،، މި މުއްދަތުގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 15:30 އަށް ކަމަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އަށް ކަމަށެވެ/

އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުމާއި ޝަރުތުތައް ވެސް އިީސީން ހާމަކޮށްފައި ވެއެވެ.

މި އިންތިޚާބަށް ކުރިމަތިލާއިރު ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދުފުށުގެ ކޮޕީ
  • ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލާނަމަ،50 މީހުންގެ ތާއީދު އޮތްކަން ހާމަކުރާ ސޮއި
  • ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ އިޤުރާރު / އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ އިޤުރާރު
  • ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރު ކޮށްދޭ އެ ސިޔާސީ ޕާޓީގެ ޤަރާރު
  • ފަސް އަހަރު ދުވަހުގެތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތައް
  • އިންތިޚާބުގައި ތާއީދު ހޯދުމުގެ ގޮތުން ނިޝާން ނުވަތަ ލޯގޯ ބޭނުންކުރާނަމަ ނިޝާން ނުވަތަ ލޯގޯ
  • އަމިއްލަގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ވޯޓު ކަރުދާހުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް ނުވަތަ ލޯގޯ
  • އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ -/1500 (ފަނަރަ ސަތޭކަ) ރުފިޔާ
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ފުރިހަމަ ކޮށްފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުވަތަ ޑަބްލިއުޑީސީ ކުރިމަތިލާ މީހާގެ މުޅި އުމުރަށް ނަގާފައިވާ ކުށާއި، ދަރަނީގެ ރެކޯޑު
  • މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަ ކޮށްފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ