ޓެކްސީލައިންގެ އިންޓަވިއުގައި 260 އަށްވުރެ ގިނަ މީހުން

dd-19

ޓެކްސީލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް ކުރިއަށްގެންދިޔަ ވޯކް-އިން-އިންޓަވިއުގައި 250 އަށް ވުރެއް ގިނަ މީހުން ބައިވެރިވެފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ޓެކްސީލައިންގެ ހިދުމަތުގައި ޕާޓްޓައިމްކޮށް އަދި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން އިއުލާނުކޮށްފައިވާއިރު، ޓެކްސީލައިންގެ ހިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ.

މާފަންނު ބަސް ޓާމިނަލުގައި މިއަދު ހެނދުނު 10:00 އިން އިރުއޮއްސި 18:00އާ ހަމައަށް ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިޔުގައި 269 ފަރާތަކާއި އިންޓަވިއުކޮށްފައިވާކަމަށް އެމްޓީސީއިން ބުންޏެވެ.

ސަރުކާރުން ޓެކްސީލައިނެއް ތައާރަފުކުރަން ނިންމީ، ޓެކްސީ ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ހިދުމަތަކަށް އެ ހިދުމަތް ހެދުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ