މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހައިލާ އެކަކު މަރުވެއްޖެ

Screenshot 2026-01-18 at 12.09.52

ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހައިލި މުދާ އުފުލާ ބޯޓަކުން ދިވެއްސަކު މަރުވެއްޖެއެވެ.

"ބަލްމާ 6" ނަމަކަށް ކިޔާ މި ބޯޓު ބަނޑުން ޖަހައިލީ މިއަދު ހެނދުނު 7:27 ހާއިރެވެެ. އެމްއެންޑީއެފުން ބުނީ، ދިވެހި މީހާގެ ހަށިގަނޑު ފެނުނީ ބޯޓުން ގެއްލުނު ދެމީހުން ހޯދަމުން ދަނިކޮށް ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިން ކަމަށެވެ. މި ހަށިގަނޑު މިހާރު ފުލުހުންނާ ހަވާލުކޮށްފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާ ގައި ގެއްލުނު ބިދޭސީ މީހާގެ ކަށިގަނޑު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން، ޑައިވަރުންގެ ޓީމުން މިހާރު ވެސް ދަނީ ކުރަމުންނެވެ.

ބޯޓު ބަންޑުންޖަހާލުމުގެ ހާދިސާ ހިނގިއިރު ބޯޓުގައި ހަތަރު މީހުން ތިއްބެވެ. މީގެތެރެއިން ދެމީހުން ވަނީ އެ ސަރަހައްދުން ދަތުރުކުރި ބޯޓަކަށް ނަގައިފައެވެ.

މި ހާދިސާގައި ބަންޑުން ޖަހައިލި ބޯޓުގެ ބައެއް ސާމާނު ވާދޫ ކަނޑުން އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ